ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާގެ ޕިކަޕަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާގެ ޕިކަޕަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން    

  

       މިއިދާރާގެ ޕިކަޕަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

                   ވީމާ، މިއިދާރާގެ ޕިކަޕަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  މި މަސައްކަތަށް ކުރިމަތި ލެވޭނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.   

                   އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ސާފުކުރަންވަޑައިނުގަންނަވާ ފަރާތްތަކުންނާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                       17 ރަބީޢުލްއާޚިރު 1442

                        02  ޑިސެމްބަރ 2020                                               

02 ޑިސެންބަރު 2020
ހޯދާ