ދިވެހިރާއްޖެ
ނަންބަރ: GS41-IUL/2020/07
އިޢުލާން
2021 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ކުރެވުނު ނަންބަރު GS41-IUL/2020/06 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަކަށް ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020ޑިސެންބަރު 9 ން 16 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ނަން ނޯޓް ނުކުރާ ފަރާތްތަކުގެ ބިޑް ބަލައިގަތުމަށް ހަމަޖެހިފައި ނުވާވާހަކަ ދަންނަވަމެވެ.
މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "މަޢުލޫމާތު ޝީޓް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 10:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިރުޝާދިއްޔާ ސްކޫލް
ފޯން: 6891618
އީ-މެއިލް: bid@irushadhiyya.edu.mv
23 ރަބިޢުލް އާޚިރު 1442
08 ޑިސެންބަރު 2020