ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
2021 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 21 ޑިސެންބަރު 2020 15:00 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު: GS-171/IUL/2020/08

                                                          

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިމަދަރުސާގެ ސެކިއުރިޓީ 01 ޖެނުއަރީ 2021 އިން ފެށިގެން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ހުޅުދެލީ ސްކޫލްގައެވެ.

 

3. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 

4. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށައަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށައަޅަންވާނެއެވެ.

 

5. ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހުޅުދެލީ ސްކޫލްގައެވެ.

 

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުޅުދެލީ ސްކޫލް

ދ.ހުޅުދެލި/ ދިވެހިރާއްޖެ

ފޯން: 7952918

އީ-މެއިލް: admin@hulhudhelischool.edu.mv

 

 

 

08 ޑިސެންބަރު 2020
ހޯދާ