ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް ތައްޔާރު ވުމަށްޓަކައި ކުރަން ބޭނުންވާ ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ހަނިމާދޫ ސްކޫލް                       

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2020/020 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. 2021 ވަނަ އަހަރަށް ތައްޔާރު ވުމަށްޓަކައި ކުރަން ބޭނުންވާ ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް / ފަރާތްތަކެއް ހޯދަން ބޭނުން ވެއްޖެވެ. މިމަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދޭނީ ހަނިމާދޫ ސްކޫލުންނެވެ.
  2. މިއީ މިކަމާ ގުޅިގެން ކުރެވޭ 2ވަނަ އިޢުލާނެވެ.
  3. މި ޕްރޮޖެކްޓްތަކަށް ބީލަން ހުށައަޅާއިރު އެއްބީލަން ފޮތުން ހުށައެޅި ނަމަވެސް، ކޮންމެ މަސައްކަތު ކަރުދާހަކަށް ހުށައަޅަން ޖެހޭނީ ވަކި އަންދާސީ ހިސާބެއް / ބީއޯކިޔު އެކެވެ.
  4. މި ޕްރޮޖެކްޓްތަކަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  5. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 ޑިސެންބަރު 20 އިން ފެށިގެން 2020 ޑިސެންބަރު 22ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  6. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2020 ޑިސެންބަރު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  7. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 ޑިސެންބަރ 24 ވަނަ ދުވަހުގެ 11:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  8. މި ޕްރޮޖެކްޓްތަކާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  9. މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533 ، 9907020

އީ-މެއިލް: admin@hanimaadhooschool.edu.mv

ކޮޕީ އީ-މެއިލް: principal@hanimaadhooschool.edu.mv

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/e/1FAIpQLSfVFY4jxAxj2T9t-WDF-b1yb8OqvJYwB44nDLGxD72bVIw7bg/viewform

05 ޖުމާދުލްއޫލާ 1442

                                                          20 ޑިސެންބަރ 2020

ނޯޓް: އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.   

20 ޑިސެންބަރު 2020
ހޯދާ