އަލްމަދްރަސަތުލް މުނައްވަރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލްމަދަރުސަތުލް މުނައްވަރާގެ 2021 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވުން
`
އަލްމަދަރުސަތުލް މުނައްވަރާ
ށ.މަރޮށި
ދިވެހިރާއްޖެ
ނަންބަރ: GS212/IUL/2020/05
އަލްމަދަރުސަތުލް މުނައްވަރާގެ 2021 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އަލްމަދަރުސަތުލް މުނައްވަރާގެ 2021 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،20 ޑިސެންބަރު 2020 އިން 30 ޑިސެންބަރު 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 11:30 އަށް މިސްކޫލްގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓްކުރަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއިއެކު، ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާރޑް ނުވަތަ ޑްރައިވިންގް ލައިސެންސް ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަން ވާނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 11:30 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 29 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު10:30 ގައި އަލްމަދަރުސަތުލް މުނައްވަރާގެ އޭވީރޫމުގައެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުނު10:30 ގައި އަލްމަދަރުސަތުލް މުނައްވަރާގައެވެ.
- މިކަމާއިގުޅޭ މައުލޫމާތު ޝީޓް ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540508 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ admin@munavvara.edu.mvއަށެވެ.
5 ޖުމާދަލްއޫލާ 1442
20 ޑިސެންބަރު 2020
20 ޑިސެންބަރު 2020
ހޯދާ