ދިވެހިރާއްޖެ
ނަންބަރ: R/IUL/2021/04
އިޢުލާން
މި ކުންފުނީގެ އދ. ދިގުރަށު އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- ޖަނަރޭޓަރު ތަކެއް (ހަލާކުވެފައި)
- ވެލްޑިންގ ޕްލާންޓް (ހަލާކުވެފައި)
- ޕެޓްރޯލް ޕަމްޕް (ހަލާކުވެފައި)
- ކޮމްޕްރެޝަރ (ހަލާކުވެފައި)
- އިންޖީނު ސްޓާރޓް ކުރުމަށް ބޭނުންކުރާ ބެޓަރީ ތަކެއް (ހަލާކުވެފައި)
- 2500 ލީޓަރުގެ ކަޅުހަންތަކެއް (ހަލާކުވެފައި)
- އޮފީސް ގޮނޑިތަކެއް (ހަލާކުވެފައި)
- ބައިސްކަލު ތަކެއް (ހަލާކުވެފައި)
- މާކަރީ ލައިޓް ތަކެއް (ހަލާކުވެފައި)
- އޮފީސް ޕްރިންޓަރ (ހަލާކުވެފައި)
- ބެޓަރީ ޗާރޖަރ (ހަލާކުވެފައި)
- ކަޓްއޮފް މެޝިން (ހަލާކުވެފައި)
- މިނީބަރ އައިސް އަލަމާރި (ހަލާކުވެފައި)
- އެކި ސައިޒްގެ ކޭބަލް ބުރިތައް (ހަލާކުވެފައި)
މި ނީލަން ފެށޭ އަގަކީ 40,000.00ރ (ސާޅިސް ހާސް) ރުފިޔާ އެވެ.
ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 17 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 12 ޖަނަވަރީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ.
23 ޖުމާދަލްއޫލާ 1442