ދިވެހިރާއްޖެ
01 . 2021 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް 15 ޑިސެމްބަރ 2020 ގައިކުރި ނަންބަރު 23GS-156/IUL//2020/ އިއުލާންވަނީ ކުރީގެ އުސޫލާއެއްގޮތަށްކުރެވުމުން ބާތިލުކޮށްފައެވެ. ވީމާ، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.
02 . މި ބީލަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 ޖެނުއަރީ 2021 އިން 13 ޖެނުއަރީ 2021 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
03 . މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ފޮނުއްވުން އެދެމެވެ.
04 . މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:45 ގައި މި ސްކޫލްގައެވެ.
05 . ބިޑް ހުޅުވުން އޮންނާނީ 21 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:45 ގައި މިސްކޫލްގައެވެ.
މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
06 . ނަން ނޯޓް ކުރުމާއި އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަންދޫ ސްކޫލް / އދ.މަންދޫ
ފޯން ނަންބަރު : 7949320
އީ-މެއިލް އެޑްރެސް : admin@mandhooschool.edu.mv
26 ޖުމާދަލްއޫލާ 1442
10 ޖެނުއަރީ 2021