މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ބ.ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ގާއިމްކުރެވޭ ސޭފްހޯމްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ބ.ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ގާއިމްކުރެވޭ ސޭފްހޯމްގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)459-PL/459/2020/85 އިއުލާނަށް ހުށަހަޅައިފައިވާ އަންދާސީ ހިސާބުތަކުގެ ލިޔުންތައް ހަމަނުވާތީ އަލުން މިފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

 މި އިޢުލާނުގައި މައުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

           

 

ތާރީޚް

ދުވަސް

ގަޑި

ތަން

 

މައުލޫމާތު ސާފުކުރުން

 

19 ޖަނަވަރީ 2021

 

އަންގާރަ

 

10:00

ބ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ބ.އޭދަފުށި

 

އަންދާސީ ހިސާބު ހުށައެޅުއްވުން

 

28 ޖަނަވަރީ 2021

 

ބުރާސްފަތި

 

10:00

ބ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ބ.އޭދަފުށި

 

16 ޖަނަވަރީ 2021
ހޯދާ