ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Design & Development Of Road Development Corporation’s Website

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު: IUL)RDC/RDC/2021/11)

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ވެބްސައިޓް ޑިވެލޮޕް ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ

 

މި ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައްޔާރު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (RDC-IUL/PROC/2020-67) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އިޢުލާންކުރަމެވެ. ތަފްސީލް ތިރީގައި އެވަނީއެވެ.

Quantity required

Unit

Item Description

#

-

-

 Design and development of Road Development Corporation’s Website:

Terms of reference outlining the scope of work is attached to this gazette posting.

Inquiries will be taken in via email (procurement@rdc.com.mv), till 20th January 2021, 14:00 hrs, for which clarifications will be provided within one working day.

 

 

1

  •    މި ކޯޕަރޭޝަންގެ ޕޮލިސީގައި ވާ ގޮތުގެ މަތިން، ކްރެޑިޓް މުއްދަތަކީ 30 ދުވަހެވެ.

  މި ބިޑް އިވެލުއޭޓްކުރުމުގައި ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :

  • 1-     ހުށަހަޅާ އަގަށް: 70
  • 2-   ތަޖުރިބާ:  30 - (ތަޖުރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 5 އަހަރު ކޮށަފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔެކިޔުން ތަކަށް ބިނާކޮށެވެ. މަސައްކަތް ވާން ވާނީ އިޢުލާންގައި ބުނާފަދަ މަސައްކަތެއް ނުވަތަ އެއާ އެއްގޮތް މަސައްކަތަކަށެވެ. މި ގޮތުން ބަލާނީ މަސައްކަތް ކޮށްދީފައިވާ އިދާރާ އަކުން މަސައްކަތް ނިންމިކަމަށް ދީފައިވާ އެތަނެއްގެ ރަސްމީ ލިޔުމެކެވެ. އެއް އިދާރާ އަކުން ނުވަތަ އެމްޕްލޯޔަރ އެއްގެ ފަރާތުން ހުށަހެޅޭނީ ގިނަވެގެން 2 ލިޔުމެވެ. ޝަރުތު ފުރިހަމަވާ ލިޔުމަކަށް ލިބޭނީ 5 މާރކްސް އެވެ. ޖުމްލަ ބަލާނީ 6 ލިޔުމަށެވެ.(

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. )     

މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޖެނުއަރީ 2021 (ހޯމަ) ދުވަހުގެ 10:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

              ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : procurement@rdc.com.mv

                           

 

 

 

17 ޖަނަވަރީ 2021
ހޯދާ