ދިވެހިރާއްޖެ
މި ކައުންސިލްގެ އިދާރާގެ، ބެލުމުގެ ދަށުގައި ހުރި، ތިރީގައި މަޢޫލޫމާތު ދީފައިވާ ބައެއް ތަކެތި ނީލަން ކިޔުން، 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގައި މިރަށު ރެދިންގެ ގާފުނި ސަރަޙައްދުގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2021 އިން 21 ޖަނަވަރީ 2021 އާއި ދެމެދު ރަސްމީ ގަޑީގައި މި އިދަރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަމްބަރު 7470014 އަށް ގުޅުއްވައި، ނަންނޯޓު ކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، ނީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
މި ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން، ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން އެއްރުފިޔާއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި 06 ފެބުރުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 06:00 ގެ ކުރިން އެ ސަރަހައްދުން ގެންދެވުމަށާއި، ނީލަމުން ނަންގަވާ ތަކެއްޗަށްވާ ފައިސާ، 03 ފެބުރުއަރީ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އާ 11:00 ދެމެދު މި ކައުންސިލްގެ އިދާރާއަށް، ދައްކަވައި ނިންމަންވާނެއެވެ.
ނީލަމުން ނަންގަވާ ތަކެތި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުގެންދަވާނަމަ، އެތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ކަމަށާއި، އަދި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކަވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެއެވެ.
# |
ބާވަތް |
ތަކެތި ހުރި ތަން |
1 |
ކަނޑާލާފައިވާ ހިރުނދު ގަސްތަކެއް |
ހިދާޔާ ސްކޫލް އުތުރު ފަރާތުގައި |
2 |
ކަނޑާލާފައިވާ ރުއްތަކެއް |
އިރަމާގެ އުތުރު ފަރާތުގައި |
3 |
ހިލަވެލިތަކެއް |
ބަނދަރު ސަރަހައްދުގައި |
4 |
ކަނޑާލާފައިވާ ފުނަގަސްތަކެއް |
ކުނިކޮށި އަދި ދޯނިތައް އެހެލާ ސަރަހައްދުގައި |
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.