ދިވެހިރާއްޖެ
ނަމްބަރ: IUL-P/423/2021/05
އިޢުލާން
ގދ.ފަރެސްމާތޮޑާއިން ގެ ކުއްޔަށްހިފުމާއި ބެހޭ
މި އިދާރާގެ ނަމްބަރ:IUL-D/423/2020/64 (02 ޑިސެމްބަރ 2020) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ޑިޒައިން އެންޑް ބިލްޑް އޮފް ގދ.ފަރެސްމާތޮޑާ އެއާޕޯޓް ޕްރޮޖެކްޓުގަ މަސައްކަތް ކުރާމުވައްޒަފުން ތިބުމަށްބޭނުންވާ 2 ގެ (03 ކޮޓަރި،03 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް) 2 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަގު ބަޔާން ކުރައްވައި 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ށް ގދ.ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.