ދިވެހިރާއްޖެ
Fellowship Program in Various Sub-Specialties for International Students |
އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ނެޝަނަލް ބޯޑް އޮފް އެގްޒަރމިނޭޝަންސް އިން އެކްރެޑިޓްކޮށްފައިވާ ސެންޓަރުތަކުން ބައިނަލްއަޤްވާމީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް އޮތްކަމަށް އެފަރާތުން ވަނީ އަންގާފައެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ ކުރިން ތިރީގައިވިމާ ލިންކް މެދުވެރިކޮށް ހުށަހެޅުންއެދެމެވެ. ލިންކް: www.nbe.edu.in https://cdn3.digialm.com//EForms/configuredHtml/1815/67099/Indexl.html މިކޯހަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |