ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ނިލަންދޫ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތްކުރުން

ގއ. ނިލަންދޫ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 08 ފެބުރުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން p4nilandhoo@gmail.com އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ފެބުރުއަރީ 2021 ވާ ބުދަ ދުވަހުގެ ހެދުނު 11:30 މިކައުންސިލް އިދާރާގެ މީޓިންގ ހޯލްލުގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 ފެބުރުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން p4nilandhoo@gmail.com އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

27 ޖަނަވަރީ 2021
ހޯދާ