މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2021/R-14 (ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތުގެ ގަވާއިދު)ގެ ދަށުން، އެހީއަށް އެދި ހުށަހެޅުމާ ގުޅޭ

                            ގަވާއިދު ނަންބަރު 2021/R-14 (ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތުގެ ގަވާއިދު)ގެ ދަށުން، އެހީއަށް އެދި ހުށަހަޅުއްވާނީ އެ ކަމަށް ޚާއްޞަކުރެވިފައިވާ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ.

މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. ފޯމު ހުށަހަޅުއްވާނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ނަމަ، މިނިސްޓްރީގެ ނަންބަރު 1421ށް ގުޅުއްވުން ނުވަތަ  ahulu@gender.gov.mvށް އީމެއިލް ކުރެއްވުން އެދެމެވެ.

03 ފެބުރުވަރީ 2021
ހޯދާ