ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/25)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ޓައިލް ޓެކްޓައިލް ސްޓްރައިޕް ސަޕްލައި ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ
މި ކޯޕަރޭޝަންގެ ބޭނުމަށް ޓައިލް ޓެކްޓައިލް ސްޓްރައިޕް ގަންނަން ބޭނުންވެއެވެ. ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ގަންނަން ބޭނުންވާތަކެތީ އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ސަބްމިޝަން ފޯމުގައި ހިމެނިފައިވާނެއެވެ.
އިވެލުއޭޓްކުރުމުގައި ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :
- ހުށަހަޅާ އަގަށް: 60% (އިވޭލުއޭޓް ކުރެވޭނީ ސްޕެސިފިކޭޝަން ކްރައިޓީރިއާއަށް ފެތޭ ޕްރޮޕޯސަލްތައް އެކަނި)
- ޑެލިވަރީ އަށް: 30%
- ތަޖުރިބާ: 10%
ޑެލިވަރ ކުރަން ޖެހޭތަން: އާރ.ޑީސީ. ސައިޓް، މާލެ
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް.
2- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.)
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ބިޑް ސަބްމިޝަން ފޯމާއި ވެންޑަރ ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން،15 ފެބްރުއަރީ 2021 (ހޯމަ) ދުވަހުގެ 10:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : procurement@rdc.com.mv
07 ފެބްރުއަރީ 2021