ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންތައް ބާތިލުކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވަމެވެ. ބާތިލުކުރެވުނު އިއުލާނުތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
އިއުލާން ނަންބަރ |
ތަފްސީލް |
ތާރީޚް |
MTCC-PD/IU/2020/00109 |
އެމްޓީސީސީގެ ފެރީ ނިޒާމުގައި ޒޯން 3 ގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން |
12 ޖުލައި 2020 |
MTCC-PD/IU/2020/00110 |
އެމްޓީސީސީގެ ފެރީ ނިޒާމުގައި ށ. އަތޮޅުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން |
12 ޖުލައި 2020 |
MTCC-PD/IU/2020/00112 |
އެމްޓީސީސީގެ ކޮމްޕްރެހެންސިވް ޓްރާންސްޕޯރޓް ނެޓްވޯކްއަށް ބޭނުންވާ ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން |
12 ޖުލައި 2020 |
MTCC-PD/IU/2020/00152 |
އެމްޓީސީސީގެ ފެރީ ނިޒާމުގައި ޒޯން 02 އަދި ޒޯން 06 ގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން |
5 ސެޕްޓެމްބަރ 2020 |
MTCC-PD/IU/2020/00215 |
އެމްޓީސީސީގެ ފެރީ ނިޒާމުގައި ފ.އަތޮޅު ގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން |
04 އޮކްޓޯބަރ 2020 |
MTCC-PD/IU/2020/00313 |
އެމް ޓީ ސީ ސީގެ ފެރީ ނިޒާމުގައި ޒޯން 1 ގެ ހއ ހދ އަދި ޒޯން 2 ގެ ނ އަތޮޅަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުން |
06 ޑިސެމްބަރ 2020 |
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޚް |
ދުވަސް |
ވަގުތު |
ތަން |
މައުލޫމާތު ސާފުކުރުން |
17 ފެބްރުއަރީ 2021 |
ބުދަ |
11:00 |
ފެންނާ ގިމަތަ - ގްރައުންޑް ފުލޯ |
އަންދާސީ ހިސާބު ހުށަހެޅުން |
24 ފެބްރުއަރީ 2021 |
ބުދަ |
9:00 – 11:00 |
ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަން |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ފެންނާ ގިމަތައިގެ ގްރައުންޑް ފްލޯއަށް މަތީގައި ބަޔާންކުރެވިފައިވާ ގަޑިއަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަންއަށް މަތީގައި ބަޔާންކުރެވިފައިވާ ގަޑީގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޚާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.