އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ އދ. މަންދޫ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 23 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުން ފެށިގެން 04 މާރިޗު 2021  ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:00 ގެ  ކުރިން mandhoocouncil@gmail.com އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

         މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގެ ކުރިން mandhoocouncil@gmail.com އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                               11 ރަޖަބް  1442

                              23  ފެބުރުވަރީ 2021

23 ފެބުރުވަރީ 2021
ހޯދާ