ދިވެހިރާއްޖެ
ސަރކިއުލަރ
2 ފޫޓުގެ 5000 ހޮޅިބުރި (ވަރމް ލައިޓް) ނީލަން ކިއުމާ ބެހޭ
ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކު ވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018 ގެ ނަމްބަރު 13D1/CIR/2018/15 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފާއިނުވާތީ ތިރީގައި މިވާ މުދާ ނީލަމުގައި ވިއްކާލަން ނިންމައިފީމެވެ.
ނީލަން ނަންބަރ |
ބާވަތް |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ފެށޭއަގު |
MYSCE/2021/1 |
5000 '2ގެ ހޮޅިބުރީގެ ވާރމްލައިޓް |
ރަނގަޅު |
ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް |
-/10،000 |
ވީމާ މިނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ނަން ނޯޓު ކޮށްފައިވާނަމައެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.
# |
މަޢުލޫމާތު ސާފުކުރުން |
07 މާރޗް 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
# |
ނީލަން ކިޔުން |
08 މާރޗް 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަނަށް ދައްކާ ޚަލާޞް ކުރަންވާނެއެވެ.