ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އޮފީސް އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމައި ގުޅޭ

މ. ވައިނުޖެހޭގޭގެ 3 ވަނަ ފަންގިފިލާގައި ހިންގަމުންދާ މިއޮފީހުގެ އިދާރީ ބަޔާއި، ދާރުލްއާސާރުގެ އިމާރާތުގައި ހިންގަމުންދާ ރެކޯޑްމެނޭޖްމަންޓް ބައި ހ. ކެލީތިއާގެ 2 ވަނަ، 3 ވަނަ، އަދި 4 ވަނަ ފަންގިފިލާއަށް ބަދަލުކޮށް ރާވައި ކަރަންޓުވައިރުކޮށް ކޮމްޕިއުޓަރ ނެޓްވަރކް އަޅައި، އޮފީހުންދޭ މައުލޫމާތާއި އިރުޝާދާ އެއްގޮތަށް މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. 

އޮފީހުގެ ފަރުނީޗަރާއި މެޝިނަރީއާއި، ހިފައިގެންގުޅޭ ތަކެއްޗާއި، ލިޔެކިޔުން އާ އިމާރާތަށް ބަދަލުކުރުމާއި، ކޮމްޕިއުޓަރ ނެޓްވަރކާއި ޓެލެފޯނު ނެޓްވަރކް އެޅުމާއި، ސެކިއުރިޓީ ކެމެރާތައް އާ އިމާރާތަށް ގެނެސް އަލުން ހަރުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނޭނެއެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސްތަކުގައި، މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

03 މާރިޗު 2021 (ބުދަ)

13:00

ޤައުމީ ދާރުލްއާސާރު އިމާރާތުގެ ޖަލްސާކުރާ ކޮޓަރީ

އަންދާސީ ހިސާބު ހުށައެޅުން

09 މާރިޗު 2021 (އަންގާރަ)

13:00

ޤައުމީ ދާރުލްއާސާރު އިމާރާތުގެ ޖަލްސާކުރާ ކޮޓަރީ

28 ފެބުރުވަރީ 2021
ހޯދާ