ދިވެހިރާއްޖެ
އިޢުލާން
ނަންބަރ 03/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން މަރަދޫފޭދޫ އަވަށުގައި ހުރި ބައެއްތަކެތި ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ މި އިޢުލާނާއި އެކު ހީރަސްކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންވާ އޮފީސްތަކުން 7މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ ކުރިން މަރަދޫފޭދޫ އަވަށު އޮފީހަށް އަންގަވައި ދެއްވުން އެދެމެވެ.
އީމެއިލް: maradhoofeydhoo@adducity.gov.mv
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކްކުރާ ފޯމު
18 ރަޖަބު 1442