ދިވެހިރާއްޖެ
2021 ފެބްރުއަރީ 23 ގައި ކުރި ނަންބަރު (IUL)475/475/2021/35 އިއުލާނަށް، އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން އިއުލާނުކުރަމެވެ.
މި މިނިސްޓްރީން ބޭނުންކުރުމަށް 2,500އަކަފޫޓަށް ވުރެ ކުޑަނޫން، އޮފީސް ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. އެހެންކަމުން މި ފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމުގެ ޝައުގުހުރި ފަރާތްތަކަށް، މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ހުރި ގޮތަށް، މައުލޫމާތު ހުށަހެޅުއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.
މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2021 މާރިޗު 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން bids@mohe.gov.mv އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 މާރިޗު 15 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސާފުނުކުރެއްވިޔަސް އަދި ޝައުގުވެރިކަން ފާޅު ނުކުރެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.
04 މާރިޗު 2021