ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ރަސްމީ މެއިލް ބަދަލުވުން

ރަސްމީ ކަންކަމުގައި ކައުންސިލްތަކުގެ އީމެއިލް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކަކީ، އިތުބާރު ހިފޭ ރަސްމީ މުޢާމަލާތުތަކަކަށް ހެދުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިޔަށް ގެންދަވާ، ކައުންސިލްތަކުގައި ގަވަރމަންޓް މެއިލް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރަމުން ގެންދާ އީމެއިލް އެޑްރެސް ވަނީ ބަދަލުކުރެވިފައެވެ. އެގޮތުން 07 މާރިޗު 2021ން ފެށިގެން މި އިދާރާގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރާނެ ރަސްމީ އީމެއިލް އެޑްރެސް އަކީ info@nolhivaran.gov.mv  އެވެ. އަދި ކުރިން ބޭނުންކުރަމުން ގެންދިޔަ  nolhivarancouncil@gmail.com  މިއީމެއިލް 07 މާރިޗު 2021ން ފެށިގެން ބޭނުންނުކުރާނެ ވާހަކަ ދަންނަވަމެވެ.

04 މާރިޗު 2021
ހޯދާ