ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތިރީގައި ދަންނަވާ ރަށްރަށުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 01 (އެކެއް) ކޮޓަރި ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
ތިރީގައި ދަންނަވާ ރަށްރަށުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 01 (އެކެއް) ކޮޓަރި ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
ރަށްތައް:
- ބ.ދަރަވަންދޫ
- ރ.މާކުރަތު
- ގދ.ހޯނޑެއްދޫ
- ގދ.ފިޔޯރީ
- މ.މަޑުއްވަރީ
މަޤްސަދު:
- ރަށްރަށުގެ ފާމަސީ ތަކުގައި މަސައްކަތް ކުރާ ބޭރު މީހުން ބެހެއްޓުމަށް.
ޝަރުތުތައް:
- ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން.
- ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
- ކޮޓަރިތެރޭގައި ފާހަނާ ހުރުން.
- ދިރިއުޅެން ކަމުދާނެފަދަ ސާފުތާހިރު ތަނެއް ކަމުގައިވުން.
- ކަރަންޓީނު ގެ މުއްދަތުގައި ބޭނުންކުރެވޭނެ ތަނެއް ކަމުގައިވުން.
- ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.
- 02 (ދޭއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރެވޭ ތަނެއް ކަމުގައިވުން.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ info@sto.mv އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވެ ލައްވާނަމަ މިކުންފުނީގެ ނަންބަރ: 9744252 އަށް ގުޅުއްވުން އެދެމެވެ.
ހުށަހެޅިފައިވާ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
04 މާރިޗު 2021
ހޯދާ