ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް މި މިނިސްޓްރީން 03 މާރިޗު 2021 ގައި ކުރި (IUL)-28-AD-2/1/2021/24 ނަންބަރު އިއުލާނާއެކު އޭޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހަށް ބަދަލު އައިސްފައިވުމާއެކު އެ އިއުލާން ބާތިލްކޮށް، ތިރީގައި މި ދަންނަވާ ގޮތުގެ މަތިން މި ނީލަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: އުތުރު ތިލަފަޅު/ ކ.މާލެ
- ފުރުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި: މާލެ 4 ނަންބަރު ޖެޓީއިން 09:30 ގައި.
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 21 މާރިޗު 2021 ވަނަ ދުވަހުގެ 10:15 ގައި.
- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 7777030
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.