ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: IUL)475-PMU/475/2021/97)
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުއްވުމުގެ ދައުވަތު (ކޮންސަލްޓެންޓް)
ކޮންސަލްޓަންޓް ޓު ރިވިއު ދަ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފުރޭމްވޯކް (އެމް.އެން.ކިއު.އެފް) އެންޑް ޓު އެލައިން ވިތް ނޭޝަނަލް ސްކިލްސް ޑިވެލޮމްމަންޓް މާސްޓަރ ޕްލޭން
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ކުރިޔަށްގެންދާ ' މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކޮންސަލްޓަންޓް ޓު ރިވިއު ދަ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފުރޭމްވޯކް (އެމް.އެން.ކިއު.އެފް) އެންޑް ޓު އެލައިން ވިތް ނޭޝަނަލް ސްކިލްސް ޑިވެލޮމްމަންޓް މާސްޓަރ ޕްލޭން"ގެ މަސައްކަތްކޮށްދޭނޭ ކޮންސަލްޓަންޓެއް ހޯދަން ބޭނުން ވެއްޖެއެވެ.
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހު ގެ މެންދުރު 12:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ގުޅުންހުރި ލިޔެކިޔުންތަށް އަދި ވަނަވަރު، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
- ސީ.ވީ
- އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
ޓަރމްސް އޮފް ރެފަރަންސް:
މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް afaaf.mohamed@mohe.gov.mv
އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
ކޮންސަލްޓަންޓަކު ހޮވުން
ކޮންސްލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ. މި މަޤާމަށް ހޮވޭ ފަރާތުން ހުށައަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ކޮޕީ ހުށައަޅަންވާނެއެވެ.
ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.
މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
ގުޅޭނެ ނަންބަރ: 3026975
ފެން ބިލްޑިން، 2 ވަނަ ފަންގިފިލާ
އީމެއިލް : afaaf.mohamed@mohe.gov.mv