ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު ، ދިވެހިރާއްޖެ ނަންބަރު: IUL/-303-AS/2021/14
އިޢުލާން
މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ސެޑް ހިމެނޭ އިމާރާތުގެ ކުރިމަތި ދެވޭ ކުރެހުމާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ސެޑް ހިމެނޭ އިމާރާތުގެ ކުރިމަތި ދެވޭ ކުރެހުމާއި އެއްގޮތަށް މަސައްކަތް ކޮށްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 17 މާރިޗް 2021ވާ ބުދަ ދުވަހުގެ 12:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ވިޔަފާރި ސެޑް ބަހައްޓާ ބައި އިމާރާތްކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީ ގެނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ސެޑްގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.
- ކުރެހުމާއި އެއްގޮތަށް ސެޑްގެ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)
- ތަޖުރިބާ ފަންނީ ގާބިލްކަމަށް (ފަސްމާކުސް)
- ހުށަހަޅާ މުއްދަތައް (ދިހަމާކުސް)
- މާލީތަނަވަސް ކަމަށް (ދިހަމާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
01 ސައުބާން 1442
14 މާރިޗް 2021