ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު ، ދިވެހިރާއްޖެ ނަންބަރު: IUL-303-AS/2021/15
އިޢުލާން
މިކައުންސިލުން ބަލަހައްޓަމުންދާ ބަނދަރުގައިވާ 20 ރުކާއި މާލިޔާ ރުއްގަނޑުގައިވާ 25 ރުކާއި ޕޮލިސް އުތުރުގައިވާ 11 ރުއް ވަރުވާ އުޞޫލުން ދޫކުރުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުގެ ބެލުމުގެ ދަށިގައި ބަނދަރު ސަރަހައްދުގައިވާ 20 ރުކާއި މާލިޔާ ރުއްގަނޑު ސަރަހައްދުގައިވާ 25 ރުކާއި ޕޮލިސް އުތުރުގައިވާ 11 ރުއް ވަރުވާ އުޞޫލުން 2 އަހަރު ދުވަހަށް ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 21 މާރިޗް 2021ވާ އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރަގައެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 24 މާރިޗް 2021 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ވަރުވާ އުޞޫލުން 3 ރުއްގަނޑު ބަލަހައްޓައި ދިނުމަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. 3 ރުއްގަނޑު ވަރުވާ އުޞޫލުން ބަލަހައްޓައި ދިނުމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ވަރުވާ އުޞޫލުން ރުއްގަނޑު ބެލެހެއްޓުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ 3 ރުއްގަނޑު ވަރުވާ އުޞޫލުން ކުއްޔައް ހިފުމަށް އެފޭފަރާތްތަކަށް ދެވޭ މާކުސްއެވެ.
- ވަރުވާ އުޞޫލުން ރުއްގަނޑު ހިފުމަށް ހުށަހަޅާ އަގަށް (ސަތޭކަ މާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
03 ސަޢުބާން 1442
16 މާރިޗް 2021