ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އޮފީސް އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމައި ގުޅޭ

މިއޮފީހުގެ އިމާރާތް ބަދަލުކުރުމާބެހޭގޮތުން ކުރި މިއޮފީހުގެ ނަންބަރު  (IUL)433-AFI/433/2021/7 އިޢުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބަދަލު ގެނެސްފައިވާތީ އެ އިޢުލާން ބާޠިލްކޮށް، އަންނަނިވި ކަންކަން ހިމެނޭ ގޮތުން މިއޮފީހުންދޭ މައުލޫމާތާއެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

  1. ޤައުމީ ދާރުލްއާސާރު އިމާރާތުގައި ހިންގަމުންދާ މިމުއައްސަސާގެ ރެކޯޑްމެނޭޖްމަންޓް ބައިގައި ހުރި ހުރިހައި ފަރުނީޗަރާއި، މެޝިނަރީއާއި، ހިފައި ގެންގުޅޭ ތަކެއްޗާއި، ލިޔެކިޔުން ހ. ކެލީތިއާގެ 2 ވަނަ، 3 ވަނަ، އަދި 4 ވަނަ ފަންގިފިލާއަށް ގެންގޮސް އަލުން ރޭވުން
  2. މިއޮފީހުގައި ހުރި އަރުޝީފީތަކެތި ބަހައްޓާ ރޯލިންގ ފައިލިންގ ސިސްޓަމް މޮޑިފައިކޮށް އަލުން އިންސްޓޯލް ކުރުން،
  3. ވާރކްސްޓޭޝަންތައް ރޫޅައިގެން ގެންގޮސް އަލުން ރޭވުން،
  4. ކަރަންޓް ވައިރިންގ އާއި ކޮމްޕިއުޓަރ ނެޓްވާރކް އަމިއްލަ ތަކެތީގައި އަޅައިދިނުން،
  5. ސެކެއުރިޓީ ކެމެރާތައް އާ އިމާރާތަށް ގެންގޮސް އަލުން ހަރުކޮށް ކޭބަލް އެޅުން،

 މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ރޯލިންގ ފައިލިންގ ސިސްޓަމްގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދޭނެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މައުލޫމާތު ސާފުކޮށްގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

21 މާރިޗު 2021 (އާދީއްތަ)

13:00

ޤައުމީ ދާރުލްއާސާރު އިމާރާތުގެ ޖަލްސާކުރާ ކޮޓަރީ

އަންދާސީ ހިސާބު ހުށައެޅުން

25 މާރިޗު 2021 (ބުރާސްފަތި)

13:00

ޤައުމީ ދާރުލްއާސާރު އިމާރާތުގެ ޖަލްސާކުރާ ކޮޓަރީ

16 މާރިޗު 2021
ހޯދާ