ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/49)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ވޯކްޝޮޕްއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުމާ ގުޅޭ (2 ވަނަ އިއުލާން)
މި ކޯޕަރޭޝަންގެ ވޯކްޝޮޕްއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުމާ ގުޅިގެން ކުރެވުނު އިއުލާން ނަންބަރު IUL)RDC/RDC/2021/32) އަށް ހުށަހަޅާފައިވާ އަގުތަށް ބޮޑުވުމުން އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
މި ކޯޕަރޭޝަންގެ ވޯކްޝޮޕްއަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެއެވެ.ގަންނަން ބޭނުންވާ ތަކެތީގެ އިތުރު ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- ޑެލިވަރ ކުރަން ޖެހޭތަން: އާރ.ޑީސީ. ސައިޓް، މާލެ
- ސަޕްލައިކުރުމަށްފަހު އިންސްޓޯލްކޮށްދިނުމަކީ ސަޕްލައިކުރާފަރާތުގެ ޒިންމާއެކެވެ.
- ޕޭމަންޓް ޓާރމް: ޕޭމަންޓް ދެއްކުމަށް ހަމަޖެހިފައިވަނީ ޑެލިވަރީ، އެކްސެޕްޓަންސް އަދި އިންސްޓޯލްކޮށް ޓެސްޓް ކުރުމަށްފަހު އިންވޮއިސް ހުށައެޅުމުން 4 މަހައް ބަހާލެވިގެންނެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ކުންފުނިތަކުންނެވެ.
އިވެލުއޭޓްކުރުމުގައި ބަލާނެ ކަންތައްތައް (މާރކިންގް ކްރައިޓީރިއާ) :
- ހުށަހަޅާ އަގަށް:80% (އިވޭލުއޭޓް ކުރެވޭނީ ސްޕެސިފިކޭޝަން ކްރައިޓީރިއާއަށް ފެތޭ ޕްރޮޕޯސަލްތައް އެކަނި)
- ތަޖުރިބާ: 20%
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)
2- ކޮންމެ ފަރާތަކުންވެސް ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ.
3- ހުށަހަޅާ ޕްރޮޑަކްޓްތަކުގެ ޓެކްނިކަލް ޕްރޮޕޯސަލްތައް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަވެސް ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.
4- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 29 މާރިޗު 2021 (ހޯމަ) ދުވަހުގެ 10:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv