ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު
އއ. ރަސްދޫ،
ދިވެހިރާއްޖެ.
ނަންބަރު : U2MC-B/2021/03
އިޢުލާން
މި ކޯޓަށް ތަރުޖަމާނުން ހޯދުމާ ގުޅޭ :
މި ކޯޓަށް ހުށަހެޅި ހިނގަމުންދާ އެކި އެކި މައްސަލަތަކާއި ގުޅިގެން ތަރުޖަމާނުން ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، ތަރުޖަމާނު ކަން ކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތް ތަކުން 30 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ފޯނު ނަންބަރު އެނގޭ ގޮތަށް ސިޓީއަކުން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި، ހުށަހަޅުއްވާ ސިޓީއާއިއެކު ތަޢުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ އާއި، ވަނަވަރު، އަދި، އައި. ޑީ. ކާޑުގެ ކޮޕީއެއް ( ބިދޭސީ އެއް ނަމަ ޕާސްޕޯޓުގެ ކޮޕީ އަކާއި، ވާރކްޕާމިޓުގެ ކޮޕީއެއް ) ހުށަހެޅުއްވުން އެދެމެވެ.
- މަސައްކަތް : ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ ތައް ތަރުޖަމާ ކުރުން.
- ޝަރުޠު : -
- ބަންގްލަދޭޝް ބަސް، ނުވަތަ އިނގިރޭސިބަސް ރަނގަޅަށް އެނގުން.
- ދިވެހިބަހުން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގުން.
- ދިވެހިބަހުން ފަރިތަ ކަމާއެކު ވާހަކަ ދައްކަން އެނގުން.
- · އުޖޫރަ : މަސައްކަތް ކުރާ ގަޑިއަކަށް : -/400ރ ( ހަތަރު ސަތޭކަ ރުފިޔާ/-)
11 ޝަޢުބާން 1442
24 މާރޗް 2021