ދިވެހިރާއްޖެ
2 ފޫޓުގެ 5000 ހޮޅިބުރި (ވަރމް ލައިޓް) ނީލަން ކިއުމާ ބެހޭ
9 ސެޕްޓެމްބަރ 2020 ގައި ގެޒެޓް ކުރައްވާފައިވާ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކު ވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސަރކިއުލަރ 2018 ގެ ނަމްބަރު 13-D1/CIR/2018/15 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ ތިރީގައި މިވާ މުދާ ނީލަމުގައި ވިއްކާލަން ނިންމައިފީމެވެ. އަދި މި މިނިސްޓްރީ ގެ ނަމްބަރު 2021/6/CIR/އޭ-141 23 ފެބްރުއަރީ 2021 ސަރކައުލަރ ގެ ދަށުން ނީލަމުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކުން ހާޡިރު ނުވުމާއި ގުޅިގެން އަލުން އިއުލާން ކުރަމެވެ.
ނީލަން ނަންބަރ |
ބާވަތް |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ފެށޭއަގު |
MYSCE/2021/1 |
'2ގެ 5000 ހޮޅިބުރީގެ ވާރމްލައިޓް |
ރަގަޅު |
ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް |
-/10،000 |
ވީމާ، މިނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެ ލެއްވޭނީ މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ވަޑައިގެން ނަން ނޯޓު ކޮށްފައިވާނަމައެވެ. އެނޫން ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ.
# |
މަޢުލޫމާތު ސާފުކުރުން |
7 އެޕްރީލް 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
# |
ނީލަން ކިޔުން |
8 އެޕްރީލް 2021 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
ނީލަން ކާމިޔާބު ކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މި މިނިސްޓްރީ ގެ ފައިނޭންސް ސެކްޝަނަށް ދައްކާ ހަލާސްކުރަން ވާނެއެވެ.