ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ ބެލެހެއްޓުމަށް

ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް.

 

ބާރަށު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން.

 މި ސްކޫލްގެ ސެކިއުރިޓީ ވޭޖް އުސޫލުން 09 މަސްދުވަހަށް ބަލަހައްޓާނެ 03 ބޭފުޅުން ބޭނުންވެއްޖެއެވެ.ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރަންޖެހެނީ 08 ގަޑިއިރުއެވެ. މުސާރަޔަކީ މަހަކު 5000 (ފަސްހާސް ރުފިޔާ) އެވެ.

ޙާޞިރުނުވާ ދުވަސްތަކަށް މަހު މުސާރައިން އެދުވަހަކަށް ޖެހޭ އަދަދު މުސާރައިން ކެނޑޭނެއެވެ.ޑިއުޓީ އަދާކުރައްވާ ބޭފުޅުންނަށް ސަލާމް އަދި އާއިލީޒިންމާ ފަދަ އެއްވެސް ޗުއްޓީއެއް ހަމަޖެހިފައެެއްނުވެއެވެ. 

މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަރވިއުކުރުމަށްފަހު، ކަމަށް ޝައުޤުވެރިަކަންހުރި، ކަމަށް ޤާބިލް އަދި ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ސިއްހަތުރަގަޅު ބޭފުޅުންނަށް އިސްކަން ދެވޭނެއެވެ. ޑިއުޓީ އަދާކުރަން ހަމަޖެހިފައިވަނީ އެބޭފުޅަކާއި ސްކޫލާއި ދެމެދު ކުރެވޭ އެއްބަސްވުމުގެ ދަށުންނެވެ.

ވީމާ ވޭޖް އުސޫލުން ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.އިތުރުމަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ ސްކޫލްގެ ނަންބަރު 6500527 އަށް ގުޅުވުން ނުވަތަ މި ސްކުލަށް ރަސްމީގަޑީގައި ދުރުވެ މަޢުލޫމަތު ސާފުކުރުމަށް ދަންނަވަމެވެ.

 

29 މާރިޗު 2021
ހޯދާ