މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މެއިންޓެނަންސް އޮފިސަރ

 

                                                                                        (IUL)10-C/10/2021/41 :ނަންބަރު

 

                                   އިޢުލާނު

 

މަޤާމް:

މެއިންޓެނަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-330012

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ / މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ޓްރާންސްޕޯޓު ރިޕެއަރ އެންޑް މެއިންޓެނަންސް ސެކްޝަން/ ކ.ހިންމަފުށި

މުސާރަ:

މަހަކު 6,295.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް:  މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ ހަމަޖެހޭނެއެވެ.
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެންޓަރުގެ އިމާރާތްތަކުގެ އިލެކްޓްރިކް އަދި އެއަރކޮންޑިޝަންގެ މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމާއި އުޅަނދުފަހަރަށް ދިމާވާ މައްސަލަތައް ޙައްލުކުރުން
  2. އިލެކްޓްރީނިންގ އަދި އެއާރކަންޑިޝަންތައް މޮނިޓަރކޮށް ޗެކް ކުރުމަށް ޤަވާއިދުން މެއިންޓަނެންސް ޗާޓެއް ތައްޔާރުކޮށް ޗާޓާ އެއްގޮތަށް ޗެކްކޮށް ބެލެހެއްޓުން
  3. ކަރަންޓުގެ މަރާމާތުގެ މަސައްކަތްތައް ގަވާއިދުން މޮނީޓަރކޮށް މަރާމާތުގެ މަސައްކަތް ކުރުން
  4. އެއްގަމު އަދި ކަނޑުގައި ދުއްވާ އުޅަނދުފަހުރުގެ އިންޖީނަށް ބޭނުންވާ ސްޕެއަރ ވަޞީލަތްތަކުގެ ތަފްޞީލް ސެކްޝަންގެ ވެރިޔާއާ ހިއްޞާ ކުރުން
  5. ތަނުގެ ފާޚާނާތަކާއި ފަރުނީޗާރތަކަށް ލިބޭ ގެއްލުންތައް ބަލާ، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ކުރަންޖެހޭ ބޮޑެތި މަރާމާތުތަކުގެ ތަފްޞީލު ސެކްޝަނުގެ ވެރިޔާޔާ ހިއްޞާ ކުރުން
  6. ސެންޓަރުގައި ކޮންޓުރެކްޓް އުޞޫލުން ކުރުވޭ ބޮޑެތިމަރާމަތުތައް ހިނގާގޮތް މޮނީޓަރކޮށް ސެކްޝަންގެ ވެރިޔާއަށް ރިޕޯޓު ކުރުން
  7. އިންޖީނުލީ އުޅަނދު ފަހަރު ގަވާއިދުން ސާރވިސް ކުރުމުގެ މަސައްކަތް ކުރުން 
  8. އުޅަނދުފަހަރުގެ އަހަރީ ފީ، އިންޝުއަރަންގެ ކަންކަން ކުރުމާއި އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން
  9. ސެންޓަރުގަ ކުރެވޭ މަރާމާތުތަކުގެ ލޮގް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް / މެކޭނިކަލް އިންޖިނިއަރިންގ / ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
  2. މެކޭނިކަލް އިންޖިނިއަރިންގ
  3. ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ

ކޯ ޑިސިޕްލިންތައް:

  1. މެކޭނިކަލް އިންޖިނިއަރިންގ

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

  • ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
  2. މެކޭނިކަލް އިންޖިނިއަރިންގ
  3. ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/download/2249 އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އޭގެ އިތުރުން ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު ވާހަކަދައްކާ ލިޔަން އެނގުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްhr@homeaffairs.gov.mv  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއު އޮންނާނީ، 2021 އެޕްރީލް 13 އާއި 29 އާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސް "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

16 ޝައުބާން 1442

 

 

29 މާރިޗު 2021
ހޯދާ