ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: (IUL)10-M/10/2021/44
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ ދައުރު ހަމަވެފައިވާތީ، އެމަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލަމެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމް މިމިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA އިން ޑައުންލޯޑް ކުރެވޭނެއެވެ.
ރަޖިސްޓްރޭޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، އޭޕްރީލް، 8,14,15,18,19 މި ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) އިންނެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.