ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެދުއަވަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

 

ތާރީޚް:

07 އޭޕްރީލް 2021

ނަންބަރު:

(IUL)401-E/401/2021/122

 

 

25 ޝަޢުބާން 1442

އިޢުލާންގެ ވަނަ:

01

 

 

މެދުއަވަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

 

 

 

 

 

ލ. ފޮނަދޫ މެދުއަވަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕާކަށް ބޭނުންވާ ޕްލޭސެޓްތައް ފޯރުކޮށްދޭނީ ކައުންސިލުންނެވެ.

 

 

ބީލަމުގައި ރަޖިސްޓަރީވުން

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވެވޭނީ 19 އޭޕްރީލް 2021 (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން 'ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ، ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުންނެވެ.

ފޯމު މިކައުންސިލްގެ ވެބްސައިޓު www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބިޑް ޑޮކިއުމެންޓްގެ އަގަކީ -/150ރ އެވެ.

 

ބިޑު ޑޮކިއުމެންޓް

ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބިޑު ޑޮކިއުމެންޓް ފޯރުކޮށްދެވޭނެއެވެ.

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ބީލަން ހުށަހެޅުމުގެ ސުންގަޑި: 21 އޭޕްރީލް 2021 (ބުދަ)، 12:30

ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅަންޖެހޭތަން: ލ. ފޮނަދޫ ކައުންސިލްގެ އިދާރާ

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި 'މެދުއަވަށު ކުޑަކުދިންގެ ޕާކު ހެދުން' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުޅުވުން: 21 އޭޕްރީލް 2021 (ބުދަ)، 12:30 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަ ބީލަންވެރިންގެ ޙާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: laamufonadhoocouncil@gmail.com

 

 

 

 

 

 

 

 

07 އޭޕްރިލް 2021
ހޯދާ