ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮޑިޓަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ޑިޕާރޓްމަންޓް |
އިންޓާރނަލް އޮޑިޓް ޑިޕާރޓްމަންޓް |
މުސާރަ: |
މަހަކު -/9250 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ލިވިންގ އެލަވަންސް : އަސާސީ މުސާރައިގެ - ފިކްސްޑް އެލަވަންސް : އަސާސީ މުސާރައިގެ %25 - ފޯނު އެލަވަންސް : 450/- އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) |
ފެންވަރު ނުވަތަ ޝަރުތު: |
- އިންޓާރނަލް އޮޑިޓް،އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާ އިން ޑިގްރީ އެއް ހާސިލު ކޮށްފައިވުމާއިއެކު އިންޓާރނަލް އޮޑިޓް ދާއިރާގައި މަދުވެގެން 1 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން، ނުވަތަ - އޭސީސީއޭ (ACCA) ސްކިލް ލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއް އޮތުމާއިއެކު މަދުވެގެން 2 އަހަރު އިންޓާރނަލް އޮޑިޓް ދާއިރާ ގައި މަސައްކަތް ކޮށްފައިވުން - މިމަޤާމަށް ޤާބިލް ފަރާތެއްކަމާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އިންޓަވިއުގައި ސާބިތު ކޮށްދިނުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އޮޑިޓް ޕްލޭނާއި އެއްގޮތަށް ހަވާލުކުރެވޭ މަސައްކަތްތައް ނިންމުން. - އޮޑިޓް މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން. - ޑިޕާރޓްމަންޓް ގެ އެހެނިހެން މަސައްކަތްތައް ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން. މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު، 06 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީމެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑަ އަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މޭ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
10 ރަމަޟާން 1442