ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮޑިޓް މެނޭޖަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ޑިޕާރޓްމަންޓް: |
އިންޓާރނަލް އޮޑިޓް ޑިޕާރޓްމަންޓް |
މުސާރަ: |
މަހަކު -/12500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ލިވިންގ އެލަވަންސް : އަސާސީ މުސާރައިގެ - ފިކްސްޑް އެލަވަންސް : އަސާސީ މުސާރައިގެ %25 - ފޯނު އެލަވަންސް : 450/- އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) |
ފެންވަރު ނުވަތަ ޝަރުތު: |
- އޭސީސީއޭ (ACCA) ނިންމާފައިވުން ނުވަތަ އެފެންވަރުގެ އެހެން ސަނަދެށް އޮތުމާއިއެކު އިންޓާރނަލް އޮޑިޓް ދާއިރާ ގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ވުން، ނުވަތަ، - އެކައުންޓިން އެންޑް ފައިނޭންސް ދާއިރާ އިން ޑިގްރީ އެއް ހާސިލް ކޮއްފައިވުން ނުވަތަ، - އޭސީސީއޭ (ACCA) ސްކިލް ލެވެލް ނިންމާފައިވުން ނުވަތަ އެފެންވަރުގެ އެހެން ސަނަދެއް އޮތުމާއިއެކު މަދުވެގެން 4 އަހަރު އިންޓާރނަލް އޮޑިޓް ދާއިރާގައި މަސައްކަތް ކޮށްފައިވުން. - އިންޓާރނަލް އޮޑިޓް ދާއިރާ ގައި މެނޭޖީރިއަލް ނުވަތަ ސުޕަވައިޒަރީ ލެވެލްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަދި މި މަސައްކަތަށް ޤާބިލް ފަރާތެއްކަން އިންޓަވިޔުގައި ސާބިތު ކޮށްދިނުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އޮޑިޓް ޓީމް ގެ މަސައްކަތް ބަލަހައްޓާ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުން. - އޮޑިޓް ޑިޕާރޓްމަންޓްގެ މަސައްކަތްތައް ވިލަރެސް ކޮށް ކުރިޔަށް ގެންދިޔުމުގައި އެހީތެރިވުން. - އެނުއަލް އޮޑިޓް ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުމުގައި އެހީތެރިވުން. މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު، ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 06 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީމެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑަ އަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މޭ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
10 ރަމަޟާން 1442