ދިވެހިރާއްޖެ
ނަންބަރ: Q4-SM-IUL-2021-02
އިޢުލާން
ގދ.ގައްދޫ ސިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ގައްދޫ ކައުންސިލްގެ އިދާރާއިން ގދ.ގައްދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތާރީޙް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން(29 އޭޕްރީލް 2021) ބުރާސްފަތި |
11:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
އަންދާސީ ހިސާބު ހުށަހެޅުން(04 މެއި 2021) އަންގާރަ |
11:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އިނގޭނެ ލިޔުމަކާއިއެކު ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑު ކޮޕީ ހުށައަޅަންވާނެއެވެ. މިފަދަލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
14 ރަމަޝާން 1442
26 އޭޕްރީލް 2021