ދިވެހިރާއްޖެ
އިޢުލާން
ގދ.ފިޔޯރީ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ފިޔޯރީ ކައުންސިލްގެ އިދާރާއިން ގދ.ފިޔޯރީ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގދ.ފިޔޯރީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން ( 09 މެއި 2021 ) އާދީއްތަ |
10:30 ގައި |
ގދ.ފިޔޯރީ ޞިއްޙީމަރުކަޒު |
އަންދާސީ ހިސާބު ހުށަހެޅުން ( 11 މެއި 2021 ) އަންގާރަ |
11:00 ގައި |
ގދ.ފިޔޯރީ ޞިއްޙީމަރުކަޒު |
މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިމަރުކަޒަށް ހުށަހަޅަންވާނެއެވެ.
މިކަމާގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރު 6840056 ފޯނަށް ގުޅުއްވުން އެދެމެވެ. (ރަމަޟާން މަހުގެ ރަސްމީ ގަޑި އަކީ ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށެވެ.)
16 ރަމަޟާން 1442
28 އެޕްރީލް 2021