ދިވެހިރާއްޖެ
މި އިޢުލާންވަނީ 04 މޭ 2021 10:14 ގައި ބާތިލް ކުރެވިފައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު : IUL)RDC/RDC/2021/80)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރ. ހުޅުދުއްފާރު މަގު ހެދުމުގެ މަޝްރޫއުގައި ހިމެނޭ މަގުތަކުގެ ސާރވޭ ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރ. ހުޅުދުއްފާރު މަގުތަކުގެ ޖިއޯޓެކްނިކަލް އަދި ހައިޑްރޯލޮޖިކަލް ސާރވޭ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މިކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދެވޭނެއެވެ. ސެޝަން ގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތް ތަކުން 05 މޭ 2021 (ބުދަ) ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގަންނަވަންވާނެއެވެ.
- ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަށް ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ޕްރީބިޑް ސެޝަންގައި ބައިވެރިނުވެވޭ ފަރާތް ތަކަށް ވެސް، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ފަހު ބިޑް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.
- އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 09 މޭ 2021 (އާދީއްތަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ.
- މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 05 މޭ 2021 (ބުދަ) ދުވަހުގެ 14:00 ޖެހުމާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.
މާރކިންގ ކްރައިޓީރިއާ:
- ހުށަހަޅާ އަގަށް:70%
- ތަޖުރިބާ:30%
ތަޖުރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 3 އަހަރު ކޮށްފައިވާ މަސައްކަތްތައް ބަޔާންކޮށްދޭ ލިޔެކިޔުން ތަކަށް ބިނާކޮށެވެ. މަސައްކަތް ވާން ވާނީ އިޢުލާންގައި ބުނާފަދަ މަސައްކަތެއް ނުވަތަ އެއާ އެއްގޮތް މަސައްކަތަކަށެވެ. މި ގޮތުން ބަލާނީ މަސައްކަތް ކޮށްދީފައިވާ އިދާރާ އަކުން މަސައްކަތް ނިންމިކަމަށް ދީފައިވާ އެތަނެއްގެ ރަސްމީ ލިޔުމެކެވެ. އެއް އިދާރާ އަކުން ނުވަތަ އެމްޕްލޯޔަރ އެއްގެ ފަރާތުން ހުށަހެޅޭނީ ގިނަވެގެން 2 ލިޔުމެވެ. ޝަރުތު ފުރިހަމަވާ ލިޔުމަކަށް ލިބޭނީ 5 މާރކްސް އެވެ. ޖުމްލަ ބަލާނީ 6 ލިޔުމަށެވެ.(
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.
2- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. )
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މޭ 2021 (އާދީއްތަ) ދުވަހުގެ 10:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv