ދިވެހިރާއްޖެ
ނީލަންކިއުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައްޑޫ ސިޓީ ޕޮލިހުގައި ބޭނުންކުރަމުން ދިޔަ 05 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި މި އިދާރާގެ ނަމްބަރު 171-I2(c)/IUL/2021/03 ދެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް، އައްޑޫ ސިޓީ ޕޮލިސްގައި ބޭނުންކުރަމުން ދިޔަ 05 ވެހިކަލް ނީލަމުގައި ވިއްކާލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
1- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
2- ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 05 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށްށެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.