މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖުވެނައިލް ޖަސްޓިސް އޮފިސަރ (އެމް.އެސް.2)

  (IUL)10-C/10/2021/52:ނަންބަރު

 

އިޢުލާނު

 

މަޤާމް:

ޖުވެނައިލް ޖަސްޓިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-333535

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް /ކްރައިމް ޕްރިވެންޝަން އެންޑް ރެސްޕޮންސް ޔުނިޓް/ ކ. މާލެ

މުސާރަ:

މަހަކު 6,295.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: ކައުންސެލިންގ/ ސައިކޮލޮޖީ / ސޯޝަލް ވަރކް / ސޯޝިއޮލޮޖީ  ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންނާއި އަދި ކުށުގެ ނުރައްކަލުގައި ތިބި ކުދިންނާއި 15 އަހަރުން ދަށުގެ ކުދިންގެ ހުށަހަޅާ މައްސަލަތައް ބަލައިގަނެ، މައްސަލަ ތަކުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުން އަދި މިފަދަ ހާލަތުގައި ތިބޭ ކުދިންނާއި އާއިލާތަކަށް ނަފްސާނީ އަދި އިމްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންނާއި އަދި ކުށުގެ ނުރައްކަލުގައި ތިބި ކުދިންނާއި 15 އަހަރުން ދަށުގެ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭޝަން ދެނެގަތުމަށްޓަކައި އެސެސްމެންޓް އެކުލަވާލުމާއި އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގުން.
  3. ކުޑަކުއްޖެއްގެ މައްސަލައެއްގައި އެކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުވާހާލަތަކުގައި ކަމާބެހޭ މުއައްސަސާތަކަށް އެންގުމާއި އަވަސް ފިޔަވަޅު އެޅުމަށް ބާރުއެޅުމުގެ އިތުރުން ރިކޯޑްތައް ބެލެހެއްޓުން.
  4. ޑިޕާޓްމަންޓަށް ހުށަހެޅޭ ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންނާއި އަދި ކުށުގެ ނުރައްކަލުގައި ތިބި ކުދިންނާއި 15 އަހަރުން ދަށުގެ ކުދިން ކުށްކުރުމުން ރައްކާތެރިކުރުމުގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި އަދި ޑިޕާޓްމަންޓްގެ ޕްލޭނިންގ، ރިސާރޗް އެންޑް އެޑްވޮކަސީ ޑިވިޝަންއާއި ޚިއްސާކުރުން އަދި ޑިޕާޓްމަންޓްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތުތައް ހިއްސާކުރުން.
  5. ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންނާއި އަދި ކުށުގެ ނުރައްކަލުގައި ތިބި ކުދިންނާއި 15 އަހަރުން ދަށުގެ ކުދިން ކުށްކުރުމުން ރައްކާތެރިކުރުމަށް ގުޅޭ މައްސަލަތަކުގައި ކޭސް ކޮންފަރަންސިންތައް ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ބޭއްވުމާއި، އަދި އެހެން މުއައްސަސާތަކުން ހިންގާ ކޭސް ކޮންފަރަންސްތަކުގައި ބައިވެރިވުން.
  6. ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަ ކުދިންނާއި އަދި ކުށުގެ ނުރައްކަލުގައި ތިބި ކުދިންނާއި 15 އަހަރުން ދަށުގެ ކުދިން ކުށްކުރުމުން ރައްކާތެރިކުރުމަށް ގުޅޭ މައްސަލަތަކުގައި ރުޖޫޢީ އިންސާރުގެ ޢަލީގައި ބާއްވާ ރެސްޓޮރޭޓިވް ކޮންފަރަންސިންގ، ކޮމިއުނިޓީ ކޮންފަރަންސިން، މީޑިއޭޝަންފަދަ ބައްދަލުވުންތައް އިންތިޒާމްކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤާނޫނާ ޚިލާފުވާ ޢަމަލުތަކަށް ހުށަހެޅޭކަމަށް ފެންނަ ކުދިންގެ ތެރެއިން ރެސިޑެންޝަލް ސެންޓަރުތަކުގައި ތިބޭ ކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ އަދުލުގެ ޤާނޫންގެ ތެރެއިން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އައުމައްސަލަތައް ކުއަރޓާރލީކޮށް، އޯވަރސައިޓް އެންޑް ލީގަލް އެފެއާޒް ޔުނިޓުން އެންގުމާއި އަދި މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން ރަގަޅުކުރުމަށްޓަކައި ހުށަހެޅުންތައް ހުށައެޅުން.
  8. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫން (2019/19) އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫން(2019/18) ގައި ބަޔާންކުރާ ޙައްޤުތައް ކަށަވަރުކުރުމަށް ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުން. އަދި މިތަނުން އެއްވެސް ޙައްޤަކަށް އުނިކަމެއް އަންނަ ނަމަ ކަނޑައެޅިފައިވާ ޤާނޫނާއި ގަވައިދުގެ ތެރެއިން ޑިޕާޓްމަންޓްގެ ކަމާބެހޭ ސެކްޝަން/ޔުނިޓުތަކާއި ގުޅިގެން ހުށަހަޅަންޖެހޭ މުއައްސަސާތަކަށް ހުށަހެޅުން.
  9. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (2019/19) 69ވަނަ މާއްދަގައި ބަޔާންކުރާ ފަދަ "އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށްވާނަމަ އެކަން ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ކުރުން އަދި، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް (މާއްދާ 122)، ގްރޫމް ކުރުމުގެ ކުށް (މާއްދާ 123)، ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް (124)، ނުވަތަ ކުއްޖަކަށް އަނިޔާކުރުމުގެ ކުށް (މާއްދާ 126) ކުރާނަމަ އެކަން ލަސްނުކޮށް ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ކައުންސެލިންގ/ ސައިކޮލޮޖީ / ސޯޝަލް ވަރކް / ސޯޝިއޮލޮޖީ  ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ކައުންސެލިންގ
  2. ސައިކޮލޮޖީ
  3. ސޯޝަލް ވަރކް
  4. ސޯޝިއޮލޮޖީ

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ކައުންސެލިންގ
  2. ސައިކޮލޮޖީ
  3. ސޯޝަލް ވަރކް
  4. ސޯޝިއޮލޮޖީ

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ސޯޝަލް ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/download/2249 އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

7.  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ، މުއްދަތު ހަމަނުވާ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ ރެޖިސްޓްރޭޝަންގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މޭ 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްhr@homeaffairs.gov.mv  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު،އަދި ޕްރެކްޓިކަލް/އިމްތިޙާން އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް/އިމްތިޙާން އޮންނާނީ 2021 މޭ 20 އާއި 27 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031544 ނުވަތަ 3031541 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސް "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

24 ރަމަޟާން 1442

06 މޭ 2021
ހޯދާ