ދިވެހިރާއްޖެ
ނީލަންކިއުން
ފުވައްމުލައް ސިޓީ ޕޮލިސްގައި ބޭނުންކުރަމުން ދިޔަ 02 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި ނަމްބަރު 171-I2(c)/IUL/2021/04 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް، ފުވައްމުލައް ސިޓީ ޕޮލިސްގައި ބޭނުންކުރަމުން ދިޔަ 02 ވެހިކަލް ނީލަމުގައި ވިއްކާލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
1- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
2- ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 02 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށްށެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.