ދިވެހިރާއްޖެ
މި ކުންފުނީގެ ޕޯޓް ކޮމްޕްލެކްސް އިމާރާތު ގްރައުންޑް ފޮލޯއިން ހުސްވެފައިވާ 546 Sqft ގެ އޮފީސް ސްޕޭސްއެއް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/I/2021/39 އާއި ގުޅިގެން ބިޑް ސަބްމިޝަންއަށް އެއްވެސް ފަރާތްތަކުން ހާޒިރުވެފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން މިތަން ކުއްޔަށް ދޫކުރުމަށް އިއުލާން ކުރަމެވެ.
ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން |
20 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން. (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)
|
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
25 މެއި 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް tender@port.mv އަށް އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ތައް ހުށައެޅުން (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.