ދިވެހިރާއްޖެ
އިޢުލާން
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބޭނުމަށް 10 (ދިހައެއް) ޓެކްސީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 މޭ 2021 ވާ ހޯމަ ދުވަހުން ފެށިގެން 25 މޭ 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން tender@health.gov.mvއަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 މޭ 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން tender@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
05 ޝައްވާލު 1442