ދިވެހިރާއްޖެ
އެމްޓީސީސީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސްގެ ޓޮޕް އަޕް ކަވަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޚާއި ވަގުތު |
އީމެއިލް އެޑްރެސް |
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުން (އީމެއިލް މެދުވެރިކޮށް) |
23 މެއި 2021 އިން ފެށިގެން 27 މެއި 2021 ގެ 12:00 ގެ ނިޔަލަށް |
tenders@mtcc.com.mv |
މައުލޫމާތު ކަރުދާސް ހަވާލުކުރުން (އީމެއިލް މެދުވެރިކޮށް) |
27 މެއި 2021 |
tenders@mtcc.com.mv |
ބީލަމާއި ގުޅޭ ސުވާލުތަކަށް ޖަވާބު އެރުވުން (އީމެއިލް މެދުވެރިކޮށް) |
27 މެއި 2021 އިން ފެށިގެން 30 މެއި 2021 ގެ 12:00 އަށް |
tenders@mtcc.com.mv |
އަންދާސީ ހިސާބު ހުށަހެޅުން (އީމެއިލް މެދުވެރިކޮށް) |
3 ޖޫން 2021 ގެ 10:00 އަށް |
tenders@mtcc.com.mv |
ބީލަމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ހުށަނޭޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ.