ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ހުޅުމާލެއިން 02 (ދޭއް) ކޮޓަރީގެ 02 (ދޭއް) އެޕާޓްމަންޓް ކުއްޔަށްދޭނެ ފަރާތެއް ހޯދުން.
މިއީ ކ.ހުޅުމާލެއިން 02 (ދޭއް) ކޮޓަރީގެ 02 (ދޭއް) އެޕާޓްމަންޓް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން ނަންބަރު: 60ADM/2021/48
(16.03.2021) އަށް އެކަށީގެންވާ ޕްރަޕޯސަލް ލިބިފައި ނުވުމުން، 2 ވަނަ ފަހަރަށް ކުރެވޭ އިޢުލާނެކެވެ.
ޝަރުތުތައް:
- ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން.
- ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
- ކޮޓަރިތެރޭގައި ފާހަނާ ހުރުން.
- ދިރިއުޅެން ކަމުދާނެފަދަ ސާފުތާހިރު ތަނެއް ކަމުގައިވުން.
- ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.
- 02 (ދޭއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރެވޭ ތަނެއް ކަމުގައިވުން.
މަޤްސަދު:
- އެސްޓީއޯ ސްޓާފުންގެ އެކޮމޮޑޭޝަން ހަމަޖެއްސުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މެއި 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން އަދި ތަނުގެ ފޮޓޯ admin.corporate@sto.mv , info@sto.mv އަށް ހުށަހެޅުއްވުމަށް އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިކުންފުނީގެ ނަންބަރ: 3344615/992653 އަށް ގުޅުއްވުން އެދެމެވެ.
ހުށަހެޅިފައިވާ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއް ހަދާ، އެ އެއްބަސްވުމަށް އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
25 މޭ 2021
ހޯދާ