ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ.ދުވާފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް އިމާރާތެއް ކުއްޔަށް ހިފުން
.ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ޕްރޮޖެކްޓް ނަންބަރު |
PC-171/2021/W-L110 |
- ރ.ދުވާފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް 03 ކޮޓަރިއަށް ވުރެ މަދުނޫން ޢަދަދަކަށް ކޮޓަރި (އެޓޭޗްޑް ފާޚާނާއެކު) ހިމެނޭ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މި އިއުލާނަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: aha_c1788@police.gov.mv އަށް މެއިލްކޮށް އަދި procurement@police.gov.mv އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2021 ޖޫން 02 ވަނަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ޖޫން 13. ދުވަހުގެ 11:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 06 ޖޫން 2021 ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް ޔުނިޓް
- ދިވެހި ފުލުހުންގެ ޚިދުމަތް
- އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
- ފޯން: 9790052
- އީ-މެއިލް: aha_c1788@police.gov.mv
- ކޮޕީ: procurement@police.gov.mv
30 މޭ 2021
30 މޭ 2021
ހޯދާ