ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL-303-AS/2021/33
އިޢުލާން
މަގުތަކާއި ގޯޅި އާއި ޕޭމަންޓްގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ
މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލާ ރަށުގެ މަގުތަކާއި ގޯޅިއާއި ޕޭމަންޓުގައި ޖޯލިފަތި ،އެޅިގައު، ޑަސްޕިން، ލަކުޑި ފަދަ ތަކެތި ބަހައްޓަމުންދާކަން ފާހަގަ ކުރެވިފައިވާތީ މަގުތަކާއި ގޯޅިއާއި ޕޭމަންޓްގައި ބަހައްޓާފައިވާ މިފަދަ ތަކެތީގެ ވެރިއަކު ވާނަމަ 07 ޖޫން 2021 ވާ ހޯމަދުވަހުގެ ނިޔަލައް ނަންގަވާ ނިންމެވުން އެދެމެވެ. މުއްދަތު ހަމަވާއިރު މަގުތަކާއި ގޯޅިއާއި ޕޭމަންޓުގައި ބެހެއްޓިފައިވާތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވޭނެ ވާހަކަ ދެންނެވީމެއެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ޝައްވާލް 1442
31 މެއި 2021