ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 03/2120/(IUL)P1C |
|
ތާރީޚް: 03 ޖޫން 2021 |
||
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: GS 3 |
|
ބޭނުންވާ އަދަދު: 01 |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ގއ. ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓު |
ސެކްޝަން: - |
|
އަސާސީ މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
||
މިމަޤާމަށް ލިބޭ އެލަވަންސް: |
- ސާރވިސް އެލަވަންސް: -/1500 (ފަނަރަސަތޭކަ ރުފިޔާ) - ލިވިންގ އެލަވަންސް: -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25 - މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
|
އަސާސީ ޝަރުތު: |
|
|
އެހެނިހެން ޝަރުޠު: |
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން. - ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ކޯޓަށް ހުށަހެޅޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް، ޖަވާބުދިނުން. - ކޯޓުގެ ސްޓޮކާއި، އިންވެންޓްރީ ބެލެހެއްޓުން - މުވައްޒަފުންގެ ޗުއްޓީއާއި ސަލާމް ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑްސް ބެލެހެއްޓުން - ވަރި ކައިވެނީގެ މަސައްކަތް ކުރުން - ކޯޓުގެތަފާސް ހިސާބު ރިޕޯރޓް ހަދާ ބެލެހެއްޓުން - ކޯޓްގެ ފައިސާއި ގުޅޭ އެންމެހާ މަސައްކަތް ކުރުމާއި، އެމަސައްކަތާއި ގުޅޭ އެންމެހާ ލިއުންތައް ބެލެހެއްޓުން - ދުވަހުގެ ޔައުމިއްޔާ ލިއުމާއި، ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތާއި، ވޮޗަރުންގެ ޑިއުޓީ ތާވަލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން - އަދި މިނޫނަސް ކޯޓްގެ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި، ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
ސުންގަޑި: |
17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ga.kolamaafushi@judiciary.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
|
|
ތަޢުލީމީ ދާއިރާ |
އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ |
|
މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް |
- ބިޒްނަސް އެޑްމިނިސްޓްރޭޝަން - ޕަބްލިކް އެޑްމިނިސްޓްރޭޝަން - މެނޭޖްމަންޓް - ޝަރީޢާ/ ޤާނޫން |
|
އިތުރު މަޢުލޫމާތު |
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. - މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820772 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. - ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ. - އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. - ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން. - ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން. - އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން. - ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން. - މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން. - ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން. - ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|